Monday, November 2
75 ބިދޭސީއަކު ބަލައިފާސްކޮށް އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
މާލެ ސިޓީގެ އާންމު ސަރަޙައްދުތަކުގައި އިއްޔެ ހަވީރު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 75 ބިދޭސީއަކު ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި އިންސްޕެކްޝަނަކީ  "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ގެ ދަށުން މާލޭގެ އާންމު ތަންތަނުގައި ކުރިއަށްގެންދިޔަ މޮނިޓަރިންގ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން 75 ބިދޭސީއަކު ބަލައިފާސްކޮށް، އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފުވެފައިވާ އެކަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން މިހާރުވެސް ދަނީ ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެތައް ގޮންޖެހުންތަކަކާއި މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިކަމަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އަދި ދިވެހިންގެ ނިވަލުގައި ތިބެ ޤަވާއިދާ ޚިލާފަށް އެކި ވިޔަފާރިތައް ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ސަރުކާރުން ހިންގާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މީގެއިތުރުން، މި މައްސަލަ ހައްލުކުރުމަށް އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން، އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތެއް ދިނުމަކާ ނުލައި ޑީޕޯޓުކޮށްލާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު