އާދިއްތަ, November 1
އެކްސިޑެންޓްވި ކާރާއި ސައިކަލު---ފޮޓޯ: އެމްވީ ކްރައިސިސް

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާގެ ހާލު ދެރަވެ މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

މާލޭގައި ރޭ މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 12:53 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން މީހާ އަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވާއިރު އޭނަށް މިހާރު ދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ޓެކްސީއެއް ކޮއިމަލާ ހިނގުމަށް އަޅާލި ވަގުތު ބޮޑުތަކުރުފާނު މަގުން އައި ސައިކަލެއްގައި ޖެހިގެންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ވާތް ފަރާތު ދޮރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު ސައިކަލުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑު ވެފަ އެވެ.

ފުލުހުން އަންނަނީ އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު