Monday, November 2
މި ދުވަސްވަރު ހޫނުގަދަވާތީ ސިއްހީ ގޮތުން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރާއްޖޭގައި ހޫނުގަދަ ދުވަސްވަރަކަށްވާތީ، ސިއްހީ ގޮތުން ދިމާވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މީސްމީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

ހީޓް ސްޓްރޯކެއްޖެހުމުގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި:

  • މޫނުމައްޗަށް އަނދިރިވެ ހޭނެތުން ނުވަތަ ހެޔަށް ގޮތްވުން
  • ހަށިގަނޑު މާބޮޑަށް ހޫނުވުމާއި ހަންގަނޑު ރަތްވުން
  • ވިންދު އަވަސްވުން ހިމެނެއެވެ.

ކުއްލިއަކަށް ހީޓް ސްޓްރޯކެއް ޖެހިއްޖެނަމަ އަވަސްފަރުވާގެ ގޮތުން އެމީހަކު ހިޔާބޮޑު ތަނަކަށް ބަދަލުކޮށް، ގާތްކޮށް ހުރި އަންނައުނު ދޫކޮށްލުމަށްފަހު ފިނިފެނުން ހަށިގަނޑު ތެންމާލަންޖެހެއެވެ. އަދި ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުމާއެކު، ލަސްނުކޮށް އެމަރޖެންސީ ނަންބަރު 100 އަށް ގުޅައި އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.

މޫސުމީ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު އެންމެ ހޫނުގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެރަށުގައި އިހުސާސްކުރެވޭ ފިނިހޫނުމިން 37.3°C އަށް އަރާނެ ކަމަށް ބެލެވޭއިރު، މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 34°C ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު