އާދިއްތަ, November 1
ގައުމިއްޔަތުގެ ދިރާސާތަށް ކުރުމަށް ހާއްސަ ކޮލެޖެއް ރައީސް އިފުތިތާހުކޮށްފި

ގައުމިއްޔަތާ ގުޅޭ ދިރާސާތައް ކުރުމަށް ސަރުކާރުން "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ގެ ނަމުގައި  ހާއަސަ ކޮލެޖެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވައިފި އެވެ.

ރައީސް މި ކޮލެޖު އިފުތިތާހު ކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ސަރުކާރުން މި ކޮލެޖު އުފެއްދި މައިގަނޑު ސަބަބަކީ މިހާރު ނެތެމުންދާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ޒުވާން ޖީލުތަގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.

މި ކޮލެޖު އެކުލެވިގެން ވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ، ދިވެހި ބަހުގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.

އެ އިން ކޮންމެ ދާއިރާއަކަށް މިއަދުގެ ޖަލްސާގައި ރައީސް ވަނީ އިސް ބޭފުޅުން އައްޔަންކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ މި ކޮލެޖުގެ ކައުންސިލްގައި ތިއްބަވާނެ ފަސް ބޭފުޅުންނެވެ. އެއީ؛

  • މަރިޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް (ދިވެހި ބަހުގެ އިސްވާރު)
  • ކަށިމާ އަހްމަދު ޝާކިރު، މއ. ކަށިމާ (ދިވެހި ތާރީހުގެ އިސްވާރު)
  • ހަސަން ޒަރީރު، ލޮނުފެން، ސ. މަރަދޫ (ދިވެހި ތަރިގައިގެ އިސްވާރު)
  • މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތޭރެގެ (ދިވެހި ސުމޭކުގެ އިސްވާރު)
  • މަރިޔަމް އިޝާ އަޒީޒް، ހ. ހާދި (ދިވެހި ފަންނުގެ އިސްވާރު)

"މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ މެންބާޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް." ރައީސް ވިދާޅުވި އެވެ.

މި ކޮލެޖުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ގައުމިޔަތާއި ސަގާފަތާއި ތަރިކަ ދިރުވައި އާލާކޮށް މި ކަންތަކާ ބެހޭ ޚާއްސަ ދިރާސަތައް ހެދުމެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު