Monday, November 2
އެމްޓީޑީސީގެ ޗެއަރމަންގެ މަޤާމަށް ޝަހީރު ޢައްޔަނުކޮށްފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމަށް، އަޙްމަދު ޝަހީރު އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން ހާމަކުރި ގޮތުގައި އެމްޓީޑީސީގެ ޗެއަރމަންގެ މަޤާމަށް، މ. ލާލުބާއު، އަޙްމަދު ޝަހީރު ޢައްޔަންކޮށްފައިވަނީ އިއްޔެއެވެ. ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމުގައެވެ. ޝަހީރު ވަނީ މީގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. ތައުލީމީ ގޮތުން ބަލާއިރު، އަޙްމަދު ޝަހީރު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް އެޑެލައިޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޗާރލްސް ސްޓޫއާރޓް ޔުނިވަރސިޓީން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު