Monday, November 2
ނިވަ ކުރުނބާ ރިސޯޓުގެ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބީއެމްއެލްއިން ބައިވެރިވެއްޖެ
ރާއްޖޭގެ ނާޒުކު ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، "ނިވަ ކުރުނބާ މޯލްޑިވްސް" އިން ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

އެ ރިސޯޓުގެ ފަރުތައް އާލާކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި، މުވައްޒަފުން އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ވަނީ އަމަލީގޮތުން ބައިވެރިވެ މުރަކަ އިންދާފައެވެ.

ނިވަ ކުރުނބާ މޯލްޑިވްސްއަކީ ކަނޑުތައް ހިމާޔަތްކުރުމާއި ފަރުތައް އާލާކުރުމުގެ މަސައްކަތުގައި އާންމުން ބައިވެރިވުމުގެ ފުރުސަތު ފުޅާކޮށް ފޯރުކޮށްދެމުންދާ ރިސޯޓެކެވެ. މީގެ ކުރިންވެސް ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފަރުތައް އާލާކުރުމުގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ގދ. ވާދޫގައި ހިންގި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗާ ޑިވެލޮޕްމަންޓް" ގެ މަޝްރޫއާއި، ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" ހިމެނެއެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި، ކަނޑުގެ މާހައުލު ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމަށް ބޭންކުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު