Monday, November 2
މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް އެގްރޯނެޓް ބަދަލުކުރަނީ

ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ރަސްމީކޮށް އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސް ވިދާޅުވީ މި ބަދަލާއެކު އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒަށް ވާސިލްވުމުގެ އިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް އެކުގައި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ.

މީގެއިތުރުން، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ވިއްކުމަށް ޚާއްޞަކޮށްގެން މާލޭގައި އަލަށް ހަދާ މާރުކޭޓުގެ މަސައްކަތް ނިމުމުން، އެތަން ބަލަހައްޓާނީވެސް މިފްކޯއިން ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިފްކޯއާ އެތަން ހަވާލުކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި އެތަން ހިންގައި، ވިޔަފާރިތަކާއި އާންމުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި، ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ކަމަށާއި، އެ ތަން އަންނަ އަހަރުގެ ޑިސެންބަރު މަހުގެ 10 އަށް ނިމޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު