Monday, November 2
ކޮޕް31 ގައި ރާއްޖެ ތަމްސީލުކުރާނެ ދެ ޒުވާނުން ހޮވައިފި

ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮޕް31 ގައި ދިވެހިރާއްޖޭގެ ވަފުދާއެކު ބައިވެރިވުމުގެ ފުރުޞަތު ދެ ޒުވާނަކު ހޯދައިފިއެވެ.

"ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމުގެ ތެރެއިން މި ފުރުޞަތު ކާމިޔާބުކޮށްފައިވަނީ ޔާނިއާ ޙުސައިން އިޝާން އަދި ލަސަން ޞަބާޙް އެވެ.
މި ދެ ޒުވާނުން ހޮވިފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ސަމިޓުގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދުގެ ތެރޭގައި ހިމެނިގެން ދަތުރުކުރުމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކޮޕް31 އާ ދިމާއަށް ކުރެވޭ މި ދަތުރުގައި ޔާނިއާ އާއި ލަސަން މަސައްކަތްކުރާނީ ދިވެހި ޒުވާނުންގެ ޚިޔާލުތަކާއި، ދެކޭގޮތާއި، އަދި ޒުވާނުންގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި ހުށަހަޅައި، އެ ފަރާތްތައް ތަމްސީލުކުރުމަށް ކަމަށެވެ.

އަދި ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމަށް ޒުވާނުންގެ ހުރި ހައްލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަކީ މި ދަތުރުގެ މައިގަނޑު އެއް ބޭނުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު