ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާއަށްފަހު، "ޕޮލިސް ލައިފް" މަޖައްލާގެ ހާއްސަ އަދަދު ވަނީ ނެރެފައެވެ. މި މަޖައްލާ ނެރުއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ޖަލްސާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް މީގެ ކޮޕީއެއް އަރުވާފައެވެ.
މި ހާއްސަ އަދަދުގައި ފުލުހުންގެ މަސައްކަތްތަކާއި، އާންމު ރައްކާތެރިކަމުގެ އިތުރުން މުއައްސަސާގެ ތާރީޚާއި ތަރައްޤީއާ ގުޅޭ މައުލޫމާތުތައް ހިމެނެއެވެ. މީގެއިތުރުން މަގުމަތީގެ ރައްކާތެރިކަމާއި، ރާއްޖޭގެ ޑިޖިޓަލް ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ހާއްސަ ލިޔުންތަކެއްވެސް ވަނީ ޝާއިއުކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ފުލުހުންގެ މުއައްސަސާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފުލުހުންނާއި އާންމު މުވައްޒަފުންގެ އަގުވަޒަންކޮށްފައިވެއެވެ. އެގޮތުން 20 އަހަރާއި، 25 އަހަރާއި، 30 އަހަރުގެ އިތުރުން 35 އަހަރު ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
މި ލިޔުން ކިޔާލުމުން



