Monday, November 2
ކަލާފާނު ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

ކަލާފާނު ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން މި މަޤާމަށް މީހަކު ނަގާނީ ރޭންކް 1 ނުވަތަ ރޭންކް 2 ގެ ފެންވަރުގައެވެ. މީގެ ތެރެއިން ރޭންކް 1 ގެ އަސާސީ މުސާރައަކީ މަހަކު 16,647 ރުފިޔާއެވެ. އަދި މަޤާމުގެ އެލަވަންސްގެ ގޮތުގައި 9,534 ރުފިޔާ އާއި ހާޒިރީ ޢިނާޔަތުގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ރޭންކް 2 ގެ އަސާސީ މުސާރައަކީ 17,985 ރުފިޔާއެވެ. މީގެ އިތުރުން މަޤާމުގެ އެލަވަންސްގެ ގޮތުގައި 10,300 ރުފިޔާ އަދި ހާޒިރީ ޢިނާޔަތުގެ ގޮތުގައި ދުވާލަކަށް 279 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީން ކަނޑައަޅާފައިވާ ގޫގުލް ފޯމް ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3041096 ނަންބަރު ފޯނަށް ނުވަތަ careers@moe.gov.mv އަށް އީމެއިލް ކުރެއްވުމަށް އެ މިނިސްޓްރީން އެދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު