Monday, November 2
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އެދެފި

މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ބަލިން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރުކުރުމަށް އެދިފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ބޭރަށް ހިންގުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުމާއި، ބޮލަށް އެނބުރުން އެރުން އަދި އާދަޔާ ޚިލާފަށް ކަރުހިއްކުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

އަދި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސައި، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރުހުރިނަމަ އަދި ކުޑަކަމުދެވޭ މިންވަރު މަދުނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓު، ފެން އަދި ސޫޕް ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށާއި، ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮތުމަށާއި، ފާޚާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމުގެ އިތުރުން އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވައި، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު