Monday, November 2
ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު މަޤާމުން ރިޓަޔަރ ކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުގައި ހުންނެވި ރ. އަލިފުށި، މެޑޯޒް އަލްއުސްތާޛު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު އެ މަޤާމުން ރިޓަޔަރ ކުރައްވައިފިއެވެ.

ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު މަޤާމުން ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. މި ހުށަހެޅުއްވުމާ ގުޅިގެން، 12 އޮގަސްޓު 2026 ގައި ބޭއްވުނު ޖޭއެސްސީގެ 25/2026 ވަނަ ބައްދަލުވުމުގައި ވަނީ، 06 ސެޕްޓެންބަރު 2026 އިން ފެށިގެން އެމަނިކުފާނު މަޤާމުން ރިޓަޔަރ ކުރެއްވުމަށް ނިންމަވާފައެވެ.

އަލްއުސްތާޛު އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ.

ޝަރުޢީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ފަނޑިޔާރު މާހިރު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ފެމިލީ ކޯޓުގައެވެ. އެގޮތުން އެ ކޯޓުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށާއި ހައިކޯޓަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެ ކޯޓުން ވަނީ އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު