Thursday, November 5
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯސްއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި،ޓާސްކްފޯހުން ވަނީ ސެޕްޓެންބަރު 3 ވަނަ ދުވަހު މާލެ ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގައިފައެވެ. މި އޮޕަރޭޝަންގައި ޖުމުލަ 426 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 13 ފަރާތެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު