Thursday, November 5
ފުވައްމުލަކުގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރަނީ

ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި، ފުޓްސަލްދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޒާރުއެވެ. އަދި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝާހިދުއެވެ.

މި އެއްބަސްވުމުގެ ދަށުން ޕްރޮކްސީއިން ފުވުއްމުލަކުގައި ހޭންޑްބޯލް ކޯޓު ތަރައްގީކޮށް ނިންމަންޖެހެނީ 90 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ އެއްމިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް ފަސްސަތޭކަ ނުވަދިހަ ފަސްރުފިޔާ ހަތްދިހަ އެއްލާރިއެވެ.

އަދި އެ ރަށުގައި ފުޓްސަލް ދަނޑު ތަރައްގީކޮށް ނިންމަންޖެހެނީ 90 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ 2،079،384.71ރ. އަށެވެ.

މިހާރުވެސް 15 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު 3 ރަށެއްގައި ހޭންޑްބޯލް ކޯޓުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު