Thursday, November 5
ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ނިރޮޅުމަގާއި ނިކަގަސްމަގު ގޯޅި 2 ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 8:11 އެހައިކަންހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އެކަކުގެ ކަނާތު ފައިތިލަ މަތިން ކަނޑައިގެންގޮސް އަނިޔާވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު