އާދިއްތަ, November 1
ސްޕޮންސާގެ ގޮތުގައި އެސްޓިއޯއިން ނެގި 1.5 މިލިއަން ރުފިޔާ ދައްކަން އެފްއޭއެމްގެ މައްޗަށް ކޯޓުން އަމުރު ކޮށްފި

 

އެފްއޭއެމް އިން ދިވެހި ޕްރިމިއަރ ލީގުގެ ބައެއްގެ ގޮތުގައި,  ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވަން ރޭވި ސައުތު ލީގު ބާއްވާވާފައި ނުވާތީ, އެ މުބާރާތް ސްޕޮންސާކުރަން އެސްޓީއޯ އިން ދިން 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް އިއްޔެ ޣައިރު ހާޒިރުގައި އަމުރުކޮށްފި އެވެ.

ސައުތު ލީގުގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް އެފްއޭއެމް އާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމުން މުބާރާތް ބާއްވާފައި ނުވާ ކަން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނަފައިވެއެވެ.

ތިން ފަހަރަކަށް ބަހާލައިގެން އެސްޓީއޯއިން މި މުބާރާތައް ފައިސާ ދިން ނަމަވެސް މިއަދާ ހަމައަށްވެސް މުބާރާތް ފަށާފައެއް ނުވެ އެވެ. އަދި މުބާރާތް ފެށޭނެ ދުވަހެއް ވެސް އަންގާފައިނުވާއިރު، އެކަން ސާފުކުރަން އެސްޓީއޯ އިން ފޮނުވި ސިޓީ އަށް ވެސް އެފްއޭއެމުން ޖަވާބެއް ދީފައެއް ނުވެ އެވެ.

އެއްބަސްވުމުގައި އޮތް ގޮތުން އެފްއޭއެމުން އޭގެ މާއްދާއަކާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު އެސްޓީއޯ އަށް ލިބިގެންވެއެވެ.އަދި އެފްއޭއެމްގެ މައްސަލައަކުން އެއްބަސްވުން ބާތިލުކުރާ ނަމަ 15 ދުވަހުގެ ތެރޭ ސްޕޮންސާޝިޕް ފައިސާ އެސްޓީއޯއަށް އަނބުރާ ދޭން ވެސް އެއްބަސްވުމުގައި ބުނެ އެވެ.

އެފްއޭއެމުން އެ އެސޯސިއޭޝަނުން ދިން ތާރީހަށް މުބާރާތް ބާއްވާފައިނުވާތީ އާއި ފަށާނެ ދުވަހެއް ވެސް އަންގާފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމަށް ނޯޓިސްދީ 15 ދުވަހުގެ ތެރޭ ފައިސާ ދޭން އެސްޓީއޯ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންގި އެވެ.ނަމަވެސް އެކަމަށް ވެސް އެފްއޭއެމުން އިޖާބަދީފައިނުވާތީވެ އެސްޓީއޯ އިން މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.

މި ފައިސާ އެސްޓީއޯށް ދަށްކަން ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ގެ ކުރިން އެ ފައިސާ ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު