Thursday, November 5
ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ވެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:03 އެހާކަންހާއިރު އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އިތުރަށް ބެލިބެލުމުން އެނގިފައިވަނީ، ސައިކަލު ދަތުރުކުރަމުން ދަނިކޮށް ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، އެ ކުއްޖާގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުނީ ކަމަށެވެ. އަދި މި ހާދިސާގައި އެ ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައި ނުވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު މަގު ހުރަސްކުރި ފަރާތް ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު