އާދިއްތަ, November 1
ފޮރިން މިނިސްޓަރު ރަސްމީ ދަތުރެއްގައި ޔޫއޭއީއަށް

ފޮރިން މިނިސްޓަރު ރަސްމީ ދަތުރެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، މިއަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް މިނިސްޓަރު މި ކުރައްވާ ދަތުރުފުޅުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު، ޝެއިހު އަބްދުالله ބިން ޒައިދު އަލް ނަޙްޔާން އަދި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވާނެ ކަމަށްވެ އެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ދަތުރު ވެގެންދާނީ  ރާއްޖެ އާއި (ޔުއޭއީ)އާއި ދެމެދު އޮންނަ ގާތް، ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، މިނިސްޓަރ ޒަމީރު މި ފަހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅަކާ އެކު ސައުދީ އަރަބިއްޔާގެ އިތުރުން ބަހުރެއިން އަށް ވެސް ވަޑައިގެންފަ އެވެ. މިއީ މިިނިސްޓަރ މި ފަހުން މެދުއިރުމަތީގެ ގައުމަކަށް ކުރައްވާ ތިންވަނަ ދަތުރެވެ.

މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ މި ދަތުރުތަކުގެ ތެރެއިން، ރާއްޖެއަށް މާލީ އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މި ދަތުރުތަކުން އެއްވެސް މިންވަރެއްގެ އެހީއެއް ކަށަވަރެއް ނުވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު