Thursday, November 5
ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކޮންޓެންޓް ހިއްސާ ނުކުރުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކޮންޓެންޓް ހިއްސާ ނުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކޮންޓެންޓް ހިއްސާ ނުކުރުމަށާއި ދައުރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިފަދަ ތަކެތި ދައުރު ކުރުމަކީ ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަޑާ ޚިލާފު ކަމެއްކަން އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މީޑިއާ ކޮމިޝަނުން ވަނީ މިފަދަ ޕޯސްޓްތައް ދައުރު ނުކުރުމަށާއި، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކޮށް، ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު