Thursday, November 5
ޤާނޫނާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރަމުންދާތީ ނައިޑް އިންވެސްޓްމެންޓުގެ އެކައުންޓްތައް ފްރީޒްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ނެތި، ޤާނޫނާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، އެ ކުންފުނިން ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވިގެން ހިންގާ އޮޕަރޭޝަނެކެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ ގޮތުން، ކޯޓު އަމުރެއްގެ ދަށުން މ. ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އަދި އެ ކުންފުނިން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރަމުންދިޔަ ބޭންކު އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު