Thursday, November 5
މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ކާށިދޫން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކާށިދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 30 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 32.55 ގުރާމެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައިފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތަރު މީހުން ދޫކޮށްލާފައިވާއިރު، އަނެއް ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން، ރިހިތަރި / ކ. ކާށިދޫ، މުޙައްމަދު އަޙުދު (30އ) އާއި، ދިލްޝާދުގެ / ގދ. ރަތަފަންދޫ، ޣާނިމް މުފީދު (26އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ރެޑިއަމްގެ / ކ. ކާށިދޫ، ޢަބްދުލްޢަލީމް މުޙައްމަދު (37އ) އާއި، ގ. މާލެހިޔާ 2 02-13 / މާލެ، މަދީޙް ރަޝީދު (29އ) އާއި، ޝަބްނަމްގެ / ކ. ކާށިދޫ، ނަޒާން މުޙައްމަދު ޝާކިރު (22އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު