Thursday, November 5
ނުރައްކާތެރިކޮށް ބުރިޖު މަތިން ސައިކަލު ދުއްވި މީހެއްގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފި

ނުރައްކާތެރިކޮށް ބުރިޖު މަތިން ސައިކަލު ދުއްވި މީހެއްގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މި މައްސަލަމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި އޭނާ ޖޫރިމަނާވެސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު