Thursday, November 5
ލަގެޖު ހިފައިގެން ބުރިޖު މަތިން ހިނގާފައި އެއާޕޯޓާ ދިމާއަށް ދިޔަ ދެ ބިދޭސީއަކު ހުއްޓުވައިފި

ލަގެޖު ހިފައިގެން ބުރިޖު މަތިން ހިނގާފައި އެއާޕޯޓާ ދިމާއަށް ދިޔަ ދެ ބިދޭސީއަކު ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ އިއްޔެ 17:00 އެހައިކަންހާއިރު ސިނަމާލެ ބްރިޖް މަތިން އެއާޕޯޓާ ދިމާއަށް ހިނގާފައި ދިޔަ ދެ ބިދޭސީއަކަށް އެޓެންޑްވެފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދަކީ ހިނގާފައި ދިއުން މަނާ ސަރަހައްދެއްކަން އެ މީހުންނަށް އަންގައި ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެއަށްފަހު ފުލުހުން ވަނީ އެ މީހުންގެ ދަތުރު ކުރިއަށް ގެންދިއުމަށްޓަކައި ޓެކްސީއެއް ހޯދައިދީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު