Thursday, November 5
މިލަންދޫއަށް ގެންދިޔަ 1،200 ކިލޯވޮޓްގެ އަގު ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި

މިލަންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން އެރަށަށް ގެންދިޔަ 1،200 ކިލޯވޮޓްގެ އައު ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫއަށް ގެންދެވުނު އައު ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިއީ މިހާހިސާބަށް އެރަށަށް ގެންދިޔަ އެންމެ ބޮޑު ޖެންސެޓް ކަމުގައި ފެނަކައިން ބުނެއެވެ.

މި އައު ޖެންސެޓް ގެނައުމުގެ ކުރިން މިލަންދޫ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2100 ކިލޯވޮޓެވެ. ނަމަވެސް، އަލަށް އިންސްޓޯލް ކުރެވޭ 1200 ކިލޯވޮޓްގެ ޖެންސެޓާއެކު، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 2700 ކިލޯވޮޓަށް މަތިވެގެންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.

ފެނަކައިން ބުނީ މި ބަދަލާއެކު، ޢާންމު ރައްޔިތުންގެ ކަރަންޓުގެ ބޭނުންތަކަށް ބޮޑު ލުޔެއް ލިބި، މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު