އިނގިރޭސިވިލާތުގެ މިސައިލް ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިޔާއަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ޔޫކްރެއިންގެ އެތެރޭގައާއި ބޭރުގައި ހުރި އިނގިރޭސި އަސްކަރީ އަމާޒުތަކަށް ހަމަލާދީފާނެ ކަމަށް ރަޝިޔާއިން ވަނީ އިންޒާރު ދީފައެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ، ޔޫކްރެއިނާ ގުޅޭގޮތުން އިނގިރޭސިވިލާތުން ގެންގުޅޭ ދުޝްމަންކަމުގެ ސިޔާސަތު ދޫކޮށްލަންޖެހޭ ކަމަށާއި، މި ސިޔާސަތުގެ ސަބަބުން ހަނގުރާމަ މުޅިން އައު ހަރުފަތަކަށް ގޮސް އިތުރަށް ނުރައްކާވެދާނެ ކަމަށެވެ.
ޔޫކްރެއިނަށް ނާޒުކު މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކީ އިނގިރޭސިވިލާތާއި ފްރާންސުން ނުރައްކާތެރި ގޮތެއްގައި 'އަލިފާނާ ކުޅުން' ކަމަށް ރަޝިޔާގެ ޚާރިޖީ ތަރުޖަމާނު ޒަޚަރޯވާ ސިފަކުރައްވާފައިވެއެވެ.
ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ 'ސްޓޯމް ޝެޑޯ' މިސައިލް އަމިއްލައަށް އުފެއްދުމުގެ ހުއްދައާއި ޓެކްނޮލޮޖީ ޔޫކްރެއިނަށް ދިނުމަށް އިނގިރޭސިވިލާތާއި ފްރާންސުން ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން



