Thursday, November 5
ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ބުރިޖު ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:01 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާވި 21 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުްންދާ ކަމަށާއި، އެމީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު