އާދިއްތަ, October 11
އެޗްއާރުސީއެމަށް ޝަމްޢޫންން ޢައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ޝަމްޢޫން ޙަމީދު - ފޮޓޯ: ސަން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަގާމަށް ގ. އަލިޝާ، ޝަމްޢޫން ޙަމީދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެޗްއާރުސީއެމަށް އައު މެންބަރަކު މި ޢައްޔަންކުރަނީ، އެ ކޮމިޝަންގެ މިހާރުގެ މެންބަރު ސަމާއު އަޙްމަދު ނަޖީބުގެ ދައުރު ހަމަވާތީއެވެ. މި މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ޝަމްޢޫން ޙަމީދުގެ އިތުރުން ދެން ހިމެނިވަޑައިގަތީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ސަމާއު އަޙްމަދު ނަޖީބުގެ ނަންފުޅެވެ.

މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދެއްވި މާކްސްތަކަށް ބަލާއިރު، ޝަމްޢޫން ޙަމީދަށް ލިބިވަޑައިގެންފައިވަނީ 92 މާކްސްއެވެ. އަދި ސަމާއު އަޙްމަދު ނަޖީބަށް ލިބިވަޑައިގަތީ 86 މާކްސްއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރަން ފާސްކުރި ޝަމްޢޫން ޙަމީދަކީ މީގެ ކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު