އާދިއްތަ, October 11
ބެރަން ޓްރަމްޕަށް އީރާނުން ދިން އިންޒާރު ސީކްރެޓް ސާވިސްގެ ސަމާލުކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަގު ދަރިކަލުން ބެރަން ޓްރަމްޕް އަވަހާރަކޮށްލަން ރާވާފައިވާ ކަމަށް ބުނެ އީރާނުގެ ދައުލަތުގެ ޓީވީން ދެއްކި ވީޑިއޯއެއްގެ މަޢުލޫމާތު އެމެރިކާގެ ސީކްރެޓް ސާވިސްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ސީކްރެޓް ސާވިސްގެ ތަރުޖަމާނު ނޭޓް ހެރިންގް ވިދާޅުވި ގޮތުގައި، އެ އެޖެންސީން ރައްކާތެރިކަން ދޭ ފަރާތްތަކަށް އަންނަ ކޮންމެ އިންޒާރެއްވެސް ތަޙުޤީޤު ކުރާނެއެވެ. ނަމަވެސް، ސެކިއުރިޓީ ސަބަބުތަކަށްޓަކައި ޖާސޫސީ މަޢުލޫމާތުތަކުގެ ތަފްޞީލު ހާމައެއް ނުކުރެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ދެއްކި ތިން މިނެޓުގެ ވީޑިއޯއެއްގައި، ޓްރަމްޕްގެ ހަގު ދަރިކަލުން ބެރަން ޓްރަމްޕަށް ފާރަލަމުންދާ ކަމަށާއި އޭނާ އަވަހާރަކޮށްލުމަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައަށް ގާތްގަނޑަކަށް ހަ މަސް ވެފައިވާއިރު، އެމެރިކާއާއި އީރާނާ ދެމެދު ވަނީ މަޝްރަޙު ވަރަށް ބޮޑަށް ހޫނުވެފައެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވާފައިވާ ކަމުގެ އިންޒާރުތައް ފާއިތުވި އަހަރު އިސްރާއީލުން އެމެރިކާއަށް ދީފައިވެއެވެ. އަދި ޓްރަމްޕްވެސް ވަނީ އޭނާއަކީ އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ ކުރީގައިވާ ފަރާތެއް ކަމަށް ވިދާޅުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު