އާދިއްތަ, October 11
މޫސުން ގޯސްވެ ފަސްކުރި އުރީދޫ މަސްރޭސް އަންނަ ހުކުރު ދުވަހު

އުރީދޫ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ބާއްވާ "އުރީދޫ މަސް ރޭސް" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރުމަށްފަހު، އަންނަ ހުކުރު ދުވަހު ކ. މާފުށީގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. ދިވެހިންގެ މަސްވެރިކަމުގެ ހުނަރާއި ޒަމާންވީ މަސްވެރިކަމުގެ ލޯބި ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ބައިވެރިވެއެވެ.

މިފަހަރުގެ މަސްރޭހުގައި ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިނާމުތަކުގެ ތަފްސީލު:

  • ޗެމްޕިއަން ޓީމު: 25،000 ރުފިޔާ
  • ދެވަނަ ޓީމު: 10،000 ރުފިޔާ
  • ތިންވަނަ ޓީމު: 5،000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1،000 ރުފިޔާ
  • އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000 ރުފިޔާ
  • އެންމެ ބަރު މަސް ބާނާ ފަރާތް: 1،000 ރުފިޔާ

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު