އާދިއްތަ, November 1
ބިދޭސީންގެ ޖޫރީމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފީ ނުދައްކައިގެން ސަރުކާރުން އާންމުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުން އެފީ ދެއްކުމަށް އިތުރު މުއްދަތެއް ދީފިއެވެ.

ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ހުރި ޖޫރީމަނާތައް ފުރަތަމަ ދައްކަން ފުރުސަތު ދިނީ މިދިޔަ މަހުގެ 12 ގެ ނިޔަލަށެވެ. އޭގެ ފަހުން ސަރުކާރުން މި މުއްދަތު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނެވެ.

ހޯމް މިނިސްޓްރީން އިއްޔެ އާންމު ކޮށްފައިވާ ލިސްޓުގައި ގިނަ ކުންފުނިތަކެއް ތިބިއިރު، އެ ކުންފުނިތަކަކީ ފީ ނުދައްކާ 100،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް، ޖޫރީމަނާގެ ގެ ގޮތުގައި އަރާފައިވާ ކުންފުނިތައް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިނިސްޓްރީން  އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000ރ. އަށް ވުރެ މަދުން ދައްކަން ޖެހޭ ފަރާތްތަކުން މި މަހުގެ 16 ގެ ކުރިން ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެއްފަހަރާ ބޮޑު އަދަދެއް ދައްކަން ދަތިވާކަމުގެ ޝަކުވާ ގިނަބަޔަކު ހުށަހަޅަމުންދާ ކަމެވެ.

އެހެންވެ މިއަދުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް އައު ހުއްދަ ދޫކުރުން މެދުކަނޑާލާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ސަރުކާރުން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، ގަވައިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައުލޫމާތު ކޮންމެ މީހަކަށް އިމިގްރޭޝަނަށް ހުށަހެޅޭނެ ޕޯޓަލްއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު