އާދިއްތަ, October 11
އައިސީޓީ ދާއިރާއިން ކުރިއަށްދާން އަންހެން ކުދިންނަށް ހިތްވަރުދޭން ބީއެމްއެލްއިން ހަރަކާތެއް ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް އިން އަންހެން ދަރިވަރުންނަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ށ. ފުނަދޫ ސްކޫލާއި ށ. މިލަންދޫ ސްކޫލުގައި ބާއްވައިފިއެވެ.

ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޝަންގެ 10 އަންހެން މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކުރިއަށްގެންދިޔަ މި ސެޝަންތައް އަމާޒުކޮށްފައިވަނީ އެ ދެ ސްކޫލުގެ ގްރޭޑް 7 އިން 10 އަށް ކިޔަވާ އަންހެން ދަރިވަރުންނަށެވެ. މި ހަރަކާތުގެ ތެރެއިން އައިސީޓީގެ ދާއިރާއިން ކުރިއަށްދެވެން ހުރި ތަޢުލީމީ ފުރުޞަތުތަކާއި، ޓެކްނޮލޮޖީ ދާއިރާގެ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.

މިއީ "އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ޑޭ" އާ ގުޅުވައިގެން، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދިއުމަށް އަންހެން ކުދިންނަށް ހިތްވަރުދީ ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ބީއެމްއެލްއިން ޖެހިޖެހިގެން ކުރިއަށްގެންދިޔަ 4 ވަނަ އަހަރެވެ. ބޭންކުން ޤަބޫލުކުރާ ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާއަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެ، މުސްތަޤްބަލުގައި އެ ދާއިރާއިން ކުރިއަށްދިއުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު