އާދިއްތަ, October 11
ވިހެއުމުގެ ޗުއްޓީއަށްފަހު ޕްރޮމޯޝަން ލިބޭ ގޮތަށް ބަދަލުކޮށްފި

ސިވިލް ސަރވިސް ކޮމިޝަން - ފޮޓޯ: އަޙްމަދު ނާމީ / ދިޔަރެސް

ވިހެއުމުގެ ޗުއްޓީ ނެގުމުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންނަށް ޕްރޮމޯޝަން ލިބުން ލަސްވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އާ ޕޭ ފްރޭމްވޯކްގެ ދަށުން މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް ސިވިލް ސާވިސް ކޮމިޝަން އިން މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ސާކިއުލާގެ 3 ވަނަ މާއްދާއަށް ގެނެސްފައިވާ 6 އިސްލާހުގެ ތެރޭގައިވާ ގޮތުން، މުސާރައިގެ ކުރިއެރުން ލިބުމަށް ވިދިވިދިގެން ދެ އަހަރު ޕާފޯމަންސް އެޕްރައިޒަލްއިން %85 މާކްސް ހޯދަން ޖެހުނު ނަމަވެސް، ވިހެއުމުގެ ޗުއްޓީ ނުވަތަ ސަސްޕެންޝަން ފަދަ ކަމަކާ ހުރެ އަހަރެއްގެ ތެރޭގައި މަސައްކަތްކުރަންޖެހޭ 90 ދުވަސް ހަމަނުވާ ނަމަ، އެ އަހަރެއް އުނިކުރުމަށްފަހު ވެސް ޖުމްލަ ދެ އަހަރުގެ އެޕްރައިޒަލްއިން %85 މާކްސް ހަމަވުމުން ޕްރޮމޯޝަން ލިބޭނެއެވެ.

މީގެއިތުރުން، އަހަރު ތެރޭގައި ވަޒީފާ އަދާކުރާ އިދާރާ ބަދަލުވާއިރު އެއްވެސް އޮފީހެއްގައި 90 ދުވަސް ހަމަނުވާ ނަމަ، ދެ އިދާރާގައި މަސައްކަތްކުރި ދުވަސްތައް އެއްކޮށްލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ދީފައެވެ. ނަމަވެސް، އެއްފަހަރު މުސާރައިގެ ކުރިއެރުމަށް ބޭނުންކޮށްފައިވާ އެޕްރައިޒަލްއެއް ދެވަނަ ފަހަރަށް ބޭނުމެއް ނުކުރެވޭނެއެވެ.

މި އުސޫލަށް ބަދަލު ގެނެސްފައިވަނީ، ވިހެއުމުގެ ޗުއްޓީގެ ސަބަބުން ސްޓެޕް ޕްރޮމޯޝަން ގެއްލޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަރިޔަމް ޝިފާނާ ހުސެއިން އިސްވެ 1,300 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު