އާދިއްތަ, October 11
ބޭރުން އަންނަ ދިވެހީންނަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ލުއި ތަކެއް ދީ އުސޫލު އަންމު ކޮށްފި

ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނާއި އަމިއްލަ ބޭނުންތަކަށް ތަކެތި އެތެރެކުރާ ފަރާތްތަކުން ޑިއުޓީ މައާފުކުރުމުގެ އުސޫލަށް ފުރަތަމަ އިސްލާހު ގެނެސް، ގެޒެޓްގައި މިއަދު ވަނީ އާންމުކޮށްފައެވެ. މި އިސްލާހުގެ ދަށުން، ގުޑްސް ޑިކްލަރޭޝަން ހުށަހަޅަން ނުޖެހި އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނީ އުމުރުން 21 އަހަރުން މަތީގެ ފަރާތްތަކަށެވެ.

ޑިއުޓީ މައާފާއެކު އެތެރެކުރެވޭނެ މިންވަރު:

  • ސިނގިރޭޓް / ހީޓަޑް ޓޮބޭކޯ / ބިޑި: 200 ސިނގިރޭޓް
  • ސުއްޓާ: 20 ސުއްޓާ
  • ދުންފަތް: 100 ގްރާމް (އެހެނިހެން ދުންފަތުގެ ބާވަތްތައް ގުނާނީ ގްރާމުން)

 

އުމުރުން 21 އަހަރުން މަތީގެ މީހުން އަމިއްލަ ބޭނުމަށް ގެންނަ ރޯލިންގ ޓޮބޭކޯ އާއި ދުންފަތް އޮޅުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން އެތެރެކުރުމުގެ ހުއްދަ ލިބޭނީ މެނުއަލްކޮށް ސިނގިރޭޓް ނުވަތަ ބިޑި އަނބުރާ ކުދި ޕޯޓަބަލް 1 އާލާތާއި، ނޯޅާ ހުންނަ 50 ސިނގިރޭޓް ނުވަތަ ބިޑި ކަރުދާހާއި، 50 ފިލްޓަރުގެ އިތުރުން ފިލްޓަރާއެކު ނުވަތަ ނެތި ހުންނަ 50 ހުސް ޓިއުބު ނުވަތަ ޕައިޕަށެވެ.

ނަމަވެސް، 1 ޖެނުއަރީ 2000 ގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް މި ތަކެތި އެތެރެކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ. އަދި ފްލެވަރޑް ޝީޝާ އާއި ރަހަ ނުވަތަ ވަސްޖައްސާފައިވާ ސިނގިރޭޓް ފަދަ ބާވަތްތައް އެތެރެކުރުން މުޅިން މަނަލެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު