އާދިއްތަ, October 11
އައްޑޫގައި ކުރިއަށްދިޔަ ކެޑޭޓް ކޭމްޕުގެ ދަރިވަރުންތަކެއް ކާނާ ވިހަވި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި

އައްޑޫ ސިޓީ - ފޮޓޯ: ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީގައި ކުރިއަށްދިޔަ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރުސީއެމުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ކޭމްޕުގައި ބައިވެރިވި ކުދިންތަކެއްގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކަންހިނގަމުންދާ ގޮތް ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، މި ހާދިސާ ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ނުރައްކާތެރި ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ފަދަ ގޮތަކަށް އިންތިޒާމުތައް ބައްޓަންކޮށް، ފުރިހަމައަށް ބަލަހައްޓަމުން ގެންދިއުމަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްއާރުސީއެމުން ވަނީ މި ހާދިސާގައި ކާނާ ވިހަވެގެން ފަރުވާ ހޯދަމުންދާ އެންމެހައި ދަރިވަރުންނަށާއި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު