އާދިއްތަ, October 11
ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން ޝިޢުރީ އިސްތިއުފާ ދެއްވައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި އިބްރާހީމް ޝިޢުރީ އިސްތިއުފާ ދެއްވައިފިއެވެ.

ޝިޢުރީ އިސްތިއުފާ ދެއްވި ސަބަބު އަދި ހާމަކޮށްފައި ނުވާއިރު، ޝިޢުރީ އިސްތިއުފާ ދެއްވިކަމެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންވެސް އަދި ހާމައެއް ނުކުރެއެވެ.

ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި ވިޒިޓް މޯލްޑިވްސް ކުންފުންޏަށް ޝިޢުރީ ޢައްޔަންކުރެއްވީ 13 ޖޫން 2024 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަޤާމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު