އާދިއްތަ, November 1
ބޮޑުކަންނެލި މަސްވެރިންނާއި ގެދޮރުވެރިކަމުގެ ޔޫނިއަންތަކާ ރައީސް ބައްދަލުކުރައްވަނީ

ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ބޮޑުކަންނެލީގެ މަސްވެރިންނާއި ގެދޮރުވެރިކަމާއި ބެހޭ ބައެއް ޔޫނިއަންތަކާއި ބައްދަލުކުރެއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުންތަކުގެ ކުރިން ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ މިއަދު ވަރަށް މުހިންމު ދެ ބައްދަލުވުން ބާއްވާނެ ކަމަށެވެ. ފުރަތަމަ ބައްދަލުވުމަކީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއިއެކު ބާއްވާ ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގައި އެ ޔޫނިޔަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ވާހަކަވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިޔުން ކަމަށެވެ.

ދެވަނަ ބައްދަލުވުމަކީ ގެދޮރުވެރިކަމާ ބެހޭ އެކި އެކި ޔޫނިއަންތަކާއި އެކި އޮތް ބައްދަލުވުމެއް ކަން ރައީސް ހާމަކުރެއްވެވިއެވެ. މި ބައްދަލުވުމުގައި ފަހި ޔޫނިއަން އާއި ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަނާއި، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލޭ ރަށްވެހިންގެ ޖަމިއްޔާ ބައިވެރިވެލައްވާނެ ވާހަކަވެސް ރައީސް ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ ހުރި އެކި ކަހަލަ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި އަދިވެސް ހިއްސާކުރުމަށް ބޭނުންވާ ވާހަކަތައް ހިއްސާ ކުރުމަށް އެ ބައްދަލުވުމުގައި އެ ބޭފުޅުން ބޭނުން ވަރަކަށް ފުރުސަތު ދޭނަން. އަޅުގަނޑު ބޭނުންވަނީ މި ހުރިހާ ބޭފުޅުންގެ އަޑު އަހުމަށް. މި ހުރިހާ ޖަމިއްޔާތަކަކީ ވަރަށް ގިނަ ރައްޔިތުން ތަމްސީލްކުރާ ބައެއް. އެހެންވީމަ އެ ބޭފުޅުންނާއި ބައްދަލުވެގެން ވަރަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއީ ވަރަށް ގިނަ ރައްޔިތުންތަކެއް ތަމްސީލުކުރާ ޖަމިއްޔާތަކަކަށް ވާތީ، އެ ބޭފުޅުންގެ ހިޔާލުތައް އަޑުއެއްސެވުމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި ކުރިއަށް އޮތްތާގައި ކުރުމަށް ރާވާފައިވާ ކަންތައްތަކަށް ވެސް ގިނަ ރައްޔިތުންތަކެއްގެ ހިޔާލާއި މަޝްވަރާއާއި އެކު ކުރިއަށް ގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާނެކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު