އާދިއްތަ, October 11
މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު އެރަށުގައި ކުރިއަށްދަނީ ބޭރު ތޮށިލުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން މާކުރަތުގެ ބައު ބަނދަރާއި އަލަށް އިތުރުކުރެވޭ ބަނދަރުގެ ސަރަޙައްދު ފުންކުރުމާއި، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 140 މީޓަރުގެ ބްރޭކްވޯޓަރ (ބޭރުތޮށި) އެޅުމާއި، 28 މީޓަރުގެ ދިގު ގްރޮއިން ޖެހުމާއި، ޖުމްލަ 214 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

ހަމައެއާއެކު، 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި (ކީވޯލް) ލުމާއި، އުޅަނދުފަހަރުން މުދާ އަރުވާ ބޭލުމަށް ލުއިފަސޭހަކުރުމުގެ ގޮތުން ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު