އާދިއްތަ, November 1
ކާރު ދުއްވި މީހާ މިނިވަންވި ގޮތް ތަހުގީގުކޮށް، ފިޔަވަޅު އަޅަނީ

މިދިޔަ ޖުލައި މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާ ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

"މިކަން ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ، އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ، ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވި އެވެ.

އަދި މިހާރު އައު ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަން ވެސް މިނިސްޓަރ މި ޕޯސްޓުގައި ވިދާޅުވިއެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ހުޅުމާލެ ވިނަރެސް ފްލެޓުތައް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ކާރު ދުއަވަން އިން އިބްރާހިމް އިކްރާމް އެރޭ ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އޭނާއާއި އެކު އިތުރު 3 މީހުންވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ތިން މީހުންވެސް ބަންދުކުރުމަށެވެ. ނަމަވެސް، އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ ތިން މީހުން ބަންދު ކުރަން ކުރި ހުކުމް ބާތިލު ކޮށްދިނުމަށް އިކްރާމްގެ ފަރާތުންވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާ ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރަން ނިންމާފައިވަނީ އެ މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލަތު މިހާރު ސްޓޭބަލް ނަމަވެސް އެކްސިޑެންޓްވި މީހާ އަދި އޭނާގެ ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު