Monday, October 12
މަގާމުގެ ކުރިއެރުމާއެކު ނަމޫނާ ދައްކައި އަހުލާގު ހިފަހައްޓަންޖެހޭނެ: ސީޕީ

ފުލުހުންގެ މުއައްސަސާއިން ދޭ ކޮންމެ ރޭންކަކާއެކު ބޮޑު މަސްއޫލިއްޔަތެއް އޮންނާނެތީ، މަގާމުގެ ކުރިއެރުން ލިބުނު ފުލުހުން މަސައްކަތުގެ ފެންވަރާއި އަހުލާގުން މުޅި މުއައްސަސާއަށް ނަމޫނާ ދައްކަންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނާ މުހާތަބުކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ޕްރޮމޯޝަނާއެކު ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެތީ، އެތެރެއިންނާއި ބޭރުން ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް ނަތީޖާ ނެރެދޭންޖެހޭނެ ކަމަށެވެ. އަދި އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށް ފާހަގަކުރެއްވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ރިވެތި އަހުލާގު ނުހިފެހެއްޓޭނެ ކަމަށް އިހުސާސްވާނަމަ، މުއައްސަސާއަށް ހުތުރު ނަމެއް ލިބޭނެ ކަމެއް ކުރުމުގެ ބަދަލުގައި އަމިއްލައަށް ވަކިވުން މުއައްސަސާއަށާއި އެ ފުލުހަކަށްވެސް ފައިދާހުރި ކަމަށެވެ. މީގެއިތުރުން، ޔުނިފޯމަކީ ހަމައެކަނި ޖަލްސާތަކަށް އަޅާ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ދުވަހެއްގެ ޑިއުޓީގައިވެސް ގަވާއިދާ އެއްގޮތަށް ޔުނިފޯމުގެ ގަދަރު ހިފަހައްޓަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު