އާދިއްތަ, November 1
އަމިއްލައަށް މަރުވާން އުޅުނު އަތުހަރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން މައުލޫމާތުދީފި.

އަންހެނަކު ރަހީނުކޮށްގެން ހައްޔަރުކުރި އާދަމު އަތުހަރު ފުލުހުންގެ ބެލުމުގެދަށުގައި ހުއްޓާ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތްކޮށްފި އެވެ.

32 އަހަރުގެ އަތުހަރަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައި ވާއިރު އޭނަ މިހާރު އޮތީ އައިސީޔޫގެ ވެންޓިލޭޓަރުގައިކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭނެ ދަންޖެހި މަރުވާން މަސައްކަތް ކުރީ މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރަން އުޅުމުން އޭނާ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ.

ފުލުހުންގެ ތަރުޖަމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މިހާރު އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ. އަދި ހޮސްޕިޓަލުގެ ރިޕޯޓުތައް ދައްކާ ގޮތުގައި އޭނާ އަދި މަރު ނުވާ ކަމަށްވެސް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ވިދާޅުވިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގައި އަތުހަރުވަނީ އޭނާގެ ލޯބިވެރިޔާ އަށް އަނިޔާކޮށް ރަހީނުކުރަން މަސައްކަތް ކޮށްފައެވެ. ފުލުހުން އަންހެންމީހާ ސަލާމަތްކުރުމަށް އުޅުމުން، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ފިލައިގެންދާން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ސައިކަލު މަޑު ކޮށްލި ދަނޑިވަޅުގައި ފުލުހަކުވަނީ މުގުރުން އަތުހަރުގެ ބޮލުގައި ޖަހައި އަންހެން މީހާ ސަލާމަތްކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ވަނީ އަނބުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަންހެން މީހާއަށް ހާދިސާ ހިނގި ރޭ ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު