Tuesday, October 6
ކޮންމެ ބިދޭސީއަކަށް ދޫކުރެވޭނީ އެންމެ ސިމް ކާޑެއް: ވަޒީރުންގެ މަޖިލިސް

 

ރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެންމެ ސިމް ކާޑެއް ދޫކުރެވޭ ގޮތަށް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކުގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، އަންސްކިލްޑް ބިދޭސީއެއްގެ ސިމް ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން އާ ސިމެއް ދޫކުރެވޭނީ ފުލުހުންނަށް އެކަން ހުށަހެޅުމަށްފަހު، ކަނޑައެޅިފައިވާ ޚާއްޞަ އިޖުރާއަތްތަކުގެ ތެރެއިންނެވެ. މީގެއިތުރުން، ޖަލުތަކަށް ޤާނޫނާ ޚިލާފަށް ވައްދާ ސިމް ކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާމެދު އިދާރީ އަދި ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ 590,079 މީހުންގެ އާބާދީގެ ތެރޭގައި 196,024 ބިދޭސީން ހިމެނެއެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ، ރާއްޖެ އަންނަ ބިދޭސީންގެ ނަމުގައި ގިނަ އަދަދަކަށް ސިމް ކާޑު ނަގައިގެން ކުށްތައް ކުރުމާއި، ޚާއްޞަކޮށް ފަހަކަށް އައިސް އިތުރުވަމުންދާ ސްކޭމް މައްސަލަތަކުގައި މިފަދަ ސިމްތައް ބޭނުންކުރާ މައްސަލަ ބޮޑުވެފައިވާތީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު