Tuesday, October 6
ޤައުމީ ޓީމުތަކުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރާ އެތުލީޓުންނަށް އެކަނި ބައިވެރިވެވޭ ގޮތް ހަދަނީ

ޤައުމީ ޓީމުތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ދުންފަތުގެ އިސްތިޢުމާލުނުކުރާ އެތުލީޓުންނަށް ކަމަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިގޮތުން އޮގަސްޓު 16 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމަށާއި، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފައެވެ.

މި ޖަލްސާގައި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ކަމާބެހޭ ސަބް-ކޮމިޓީން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވައި ނިންމެވީ، އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ސްކޫލްތަކުގެ ތެރެއިން މި ކެމްޕޭން ވިލަރެސްކޮށް ކުރިއަށްގެންދިއުމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުންނާއި، އަތޮޅުތަކާއި މާލޭގެ މަދަނީ ޖަމުޢިއްޔާތައް މި ކެމްޕޭނުގައި ބައިވެރިކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގެ ދާއިރާގެ ބައިވެރިވުމާއެކު މި މަސައްކަތް ފުޅާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު