އާދިއްތަ, October 11
އިތުރު 10 ކޭހާއެކު ހިމަބިހި ޖެހުނުގެ މީހުންގެ އަދަދު 226 އަށް

އައިޖީއެމްއެޗް -- ފޮޓޯ: ސަބަބު

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ 10 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ހާމަކުރި ގޮތުގައި މިއާއެކު މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމުލަ 226 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދިއުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އެމްއާރު ވެކްސިން ދޭން ފަށައިފައެވެ. މިގޮތުން މިހާތަނަށް 15،552 ފަރާތަކަށް ވެކްސިން ދެވިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަޤީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އެދިފައެވެ.

މީގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާނަމަ ލަސްނުކޮށް ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

އަދި ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ޞިއްޙީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ފަރުވާ ހޯދަން ދާއިރު މަށްކު އެޅުމުގެ އިތުރުން ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެސް އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު