Tuesday, October 13
ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑްކުރުމަށް މެންދުރުފަހު ކަރަންޓު މެދުކެނޑިދާނެ: އެމްޑަބްލިޔުއެސްސީ

ރ. ދުވާފަރު - ފޮޓޯ: ޕީއެސްއެމް

ރ. ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑްކުރުމަށް މެންދުރުފަހު ކަރަންޓު މެދުކެނޑިދާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު 13:00 އިން 18:00 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާއިރު، ދުވާފަރުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު