އާދިއްތަ, November 1
ހުވަފެންފުށި ކައިރިން ގެއްލުނު މީހާ އަދިވެސް ނުފެނޭ.

ކ.އަތޮޅު ހުވަފެންފުށި ކައިރި އޮށް ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ ކަމަށް ފުލުހުން ބުނަފިއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި މި މީހާ ގެއްލުނީ މޫދަށް ކަމަށް ކަށަވަރެއް ނުވެއެވެ. ގެއްލިގެން ހޯދަނީ އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ކިޔާ މީހެކެވެ. ތަސްލީމް ގެއްލިގެން ހޯދާތާ މިއަދަށް 24 ގަޑިއިރުވެފައި ވާއިރު ތަސްލީމް ހޯދުމަށްޓަކައި  އޭނާ ގެއްލިގެން ރިޕޯޓުކުރި ފިނޮޅުގެ ވަށައިގެން ބޮޑު ސަރަހައްދެއް އެމްއެންޑީއެފްގެ ޑައިވަރުން ސްނޯކަލް ކޮށްގެން އަދި ޑައިވްކޮށްގެން ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު މައުލޫމާތު ދިނެވެ.

ތަސްލީމް ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މާލެއާއި 14 ވަރަކަށް މޭލު ދުރުގައި އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށެވެ. އެކަމަކު ތަސްލީމް ގެއްލުނީ މޫދަށްކަން ކަށަވަރު ނުވާތީ  މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭސްއެއްގެ ގޮތުގައި މި ހާދިސާ އަދި ކަނޑައަޅާފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ އޭނައާއ އެކު ދަތުރު ދިޔަ މީހުންނަށް އިއްޔެ 10:00 އާއި 11:00 އާ ދެމެދުގައި ކަމަށް އެ މީހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު