އާދިއްތަ, November 1
ރީޖަނަލް އެއާޕޯޓްސް އެމްއޭސީއެލްގެ ދަށަށް!

ރީޖަނަލް އެއާޕޯޓްސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް ބަދަލު ކުރުމުގެ މަޝްވަރާތައް މިއަދުގެ ކެބިނެޓްގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.

މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ކުރިން އާންމު ކުރެއްވި ވީޑިއޯއެއްގަ އެވެ.

ރައީސް އާންމު ކުރި ވީޑިޔޯގައި މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްސް ހިންގާ (އެމްއޭސީއެލް) އަދި ރީޖަނަލް އެއާޕޯޓްސް އެއް ކުންފުންޏެއްގެ ދަށުން ހިންގުމުގެ މަޝްވަރާތައް މިއަދުގެ ބައްދަލުވުމުގައި ކެބިނެޓް ވަޒީރުންނާއި ކުރުއްވާނެކަމަށެވެ. މީގެ އިތުރައް އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމާއި، މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލައިގެން ހިންގޭނެ ގޮތްތައް ހޯދުމުގެ މަޝްވަރާ ކުރުއްވާނެ ވާހަކަވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ކެބިނެޓް ބައްދަލުވުމުގައި  އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގަން ވަނީ ނިންމާފައެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފަށައިގެން ފެނަކަ ހިންގާނީ އެސްޓީއޯގެ ދަށުން ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް ކަނޑައަޅައި މި ކުންފުނިތައް އެއްކޮށްލައިގެން ހިންގުމަކީ ރައީސް މުއިއްޒު ކުރިންވެސް ނިންމާފައިވާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު