Wednesday, October 14
ދަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަރައްގީކުރަން އަލުން އިއުލާނުކޮށްފި
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން އަލުން ވަނީ ހުޅުވާލާފައެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 18 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަންޖެހޭއިރު، ޕްރޮޕޯސަލް ބަލައިގަންނާނީ ހަމައެކަނި މި ސުންގަޑީގެ ކުރިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުންނެވެ. އަދި އަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއު އެއްކޮށް ނިންމަންޖެހޭނެއެވެ.

ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ބިނާކޮށް 17 އޮކްޓޫބަރު 2012 ގައި ކުރިން ހިދުމަތް ދޭން ފެށި ދަރަވަންދޫ އެއާޕޯޓު މިހާރު އައިލޭންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރަމުންނެވެ. އެ އެއާޕޯޓު އެ ކުންފުންޏާ ހަވާލުކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އިއުލާނު ކުރައްވާފައެވެ. މީގެއިތުރުން، އާ ޓާމިނަލްގެ ޑިޒައިން ކުރުމާއި ކޮންސަލްޓެންސީ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ހަވާލުކޮށްފައިވަނީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫ އެއާޕޯޓުގައި މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރެވިގެންދާނެއެވެ. މި ބަދަލާއެކު އެއާޕޯޓުން އެއްފަހަރާ ހިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދު 80 އިން 175 އަށް އިތުރުވެ، ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު