Wednesday, October 14
ފައިރޫޝް، ސްޓޭޓް މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވަން ނިންމަވައިފި
ޑރ. ޢަބްދުﷲ ފައިރޫޝް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވައިފިއެވެ. ޑރ. ފައިރޫޝް މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ޑރ. ފައިރޫޝް ވިދާޅުވީ އޭނާ މިހާރު އަދާކުރަމުންދާ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަމަށާއި، މިއީ އާންމު ޚިދުމަތުގައި އޭނާ ހޭދަކުރެއްވި މުއްދަތު ނިމުމަކަށް ގެނައުމަށް އެންމެ މުނާސަބު ވަގުތު ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން ޑރ. ފައިރޫޝް ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. "ޚާއްޞަކޮށް، އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވި އެންމެހައި އެކުވެރި މުވައްޒަފުންނަށާއި، މަސައްކަތް ކުރުމުގެ ޝަރަފު ލިބުނު މުއައްސަސާތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން"، އޭނާ ވިދާޅުވިއެވެ. .ހޯމް މިނިސްޓްރީއަށް ޢައްޔަންކުރެއްވުމުގެ ކުރިން ޑރ. ފައިރޫޝް ހުންނެވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައެވެ. ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން ފުލުހުންގެ ޚިދުމަތުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި ޑރ. ފައިރޫޝް، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރެއްވީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭނާ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވީ ޚިދުމަތަށް 20 އަހަރު ފުރުމުން އަމިއްލައަށް އެދިވަޑައިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު