ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ދިވެހި ފުލުހުންނާއި އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ހާދިސާއަކީ ބަޔަކު ގަސްދުގައި އަލިފާން ޖެހުމުގެ ސަބަބުން ހިނގި ކަމެއް ނޫންކަން ތަހުގީގުން ކަށަވަރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ބޮޑީކެމް ފުޓޭޖުން ފެންނަ ގޮތުގައި އެންމެ ފުރަތަމަ އަލިފާން ހިފާފައިވަނީ ސީލިންގަނޑު ތެރޭގައި ހުރި ވަޔަރުތަކެއްގައެވެ. ވަޒީރު ވިދާޅުވީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރުމަށް ކުރިއަށްއޮތް ތަނުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އެ ތިން މިނިސްޓްރީ ހިންގި އިމާރާތުގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ގްރީން ބިލްޑިންގަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، މިހާރު އެ ވުޒާރާތަކުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދަރުބާރުގޭގައެވެ.






