Friday, October 16
ވިއެޓްނާމުން އަމިއްލައަށް ބަންނަ އެންމެ ބޮޑު މަނަވަރު ބަންނަން ފަށައިފި

ދެކުނު ޗައިނާ ކަނޑުގެ ނުވަތަ ސައުތު ޗައިނާ ސީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ވިއެޓްނާމުން އެ ގައުމުގައި އަމިއްލައަށް ބަންނަ އެންމެ ބޮޑު އަދި އެންމެ ޒަމާނީ އެންޓި-ސަބްމެރިން ފްރިގޭޓް (ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރާ މަނަވަރު) ބަނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި ތާރީޚީ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ ވިއެޓްނާމްގެ ދާނަންގް ސިޓީގައި ހުންނަ ދިފާއީ ވުޒާރާގެ "ސޮންގް ތޫ ޝިޕްޔާޑް" ގައެވެ. މި މަނަވަރު ބަނުމުގައި ބޭނުންކުރާ ގިނަ އާލާތްތަކާއި ހަތިޔާރުތަކަކީ ވިއެޓްނާމްގައި އަމިއްލައަށް އުފައްދާ ނުވަތަ އެ ގައުމުގައި އެސެމްބަލްކުރާ ތަކެތިކަން ފާހަގަކޮށްލެވެއެވެ.

މި މަނަވަރު ބަނުމުގެ މަޝްރޫއުގައި ވިއެޓްނާމްގެ ސަރުކާރު ހިއްސާވާ މުވާސަލާތީ ކުންފުނި "ވިއެޓެލް އާއި، އެ ގައުމުގެ ދިފާއީ ދިރާސާކުރާ އިދާރާތަކުން ނޭވީއާއެކު ގާތުން މަސައްކަތް ކުރާނެއެވެ. މިއީ އެ ގައުމުގެ ދިފާއީ އުފެއްދުންތެރިކަން މަތީ ދަރަޖައަކަށް ކުރިއަރައިގޮސްފައިވާކަން ރަމްޒުކޮށްދޭ ކަމެކެވެ.

ދެކުނު ޗައިނާ ކަނޑުގެ އިމުގެ މައްސަލަތަކާއި ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ވިއެޓްނާމްގެ މައިގަނޑު އަމާޒަކީ ކުރިން ރަޝިޔާއިން ހަތިޔާރު އެތެރެކުރުމަށް އޮތް ބަރޯސާވުން ކުޑަކުރުމެވެ. އަދި އަމިއްލަ ދިފާއީ އުފެއްދުންތެރިކަން އިތުރުކޮށް، ގައުމީ ސަލާމަތް ވަރުގަދަކުރުމެވެ.

އަމިއްލަ އުފެއްދުންތެރިކަން ފުޅާކުރުމުގެ އިތުރުން، ބޭރުގެ އެކި ގައުމުތަކުން ޒަމާނީ ހަތިޔާރު ހޯދުމުގެ ފުރުސަތުތައް ބޮޑުކުރުމަށްޓަކައި ވިއެޓްނާމުން އަންނަ ޑިސެމްބަރު މަހު ހެނޯއީގައި "ވިއެޓްނާމް އިންޓަނޭޝަނަލް ޑިފެންސް އެކްސްޕޯ" ބޭއްވުމަށްވެސް ވަނީ ތައްޔާރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު